10.11.09

މަސްވެރިންގެ ދުވަސް ކަތީބު އަދުނާނު "ފަނިކުރަނީ"


އަޙްމަދު ތިރިމިޒީ ހއ.އިހަވަންދޫން
މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ވަރަށް ފޯރިޔާއެކު ކުރިއަށް ދާތީވެ، ބޮޑުކަތީބު ޢަދުނާނު ޢަބްދުﷲ އެކަމާ ހަސަދަވެ، މަސްވެރިންގެ ދުވަހުގެ މަސައްކަތްތައް ފަނިކުރުމަށް އޭނާގެ އައުވާނުންނާ ހިންގާ ހިތުނައިގެ ކެންޕޭނުގައި ކުޑަކުދިންގެ ޕާކް ހެދުމުގެ އިސްކޮށް އުޅޭ ކުދިންކޮޅު ޖެހި ، މިއަދު ޕާކް ހެދުމުގެ މަސައްކަތްވަނީ ހުއްޓިފައެވެ.


އަދުނާނު މި ގޭމް ކުޅުނީ ވަރަށް ރާވައިގެން ނެވެ. ރަށުގައި ސްޓޭޖް ހަދާ ސަރަހައްދު ސާފުކުރުމަށް ގެނެސްފައިވާ ހައިމާކާއި ލޯޑަރު ބޭނުންކޮށްގެން ޕޯލް ސްޓަރގެ ރައީސްގެ ގެވަޅު ސާފުކުރީ އެވެ. ޕޯލް ސްޓަރގެ މަސްއޫލުވެރިޔަކީ އަދުނާނުގެ ޕޮލިޓިކަލް އެޑްވައިޒަރ މުދިމު ހުސެން ރަޝީދެވެ. މިއީ މުދިމު ދެދުވަސް ވަންދެން ބަންގިނުގޮވައި ހުރެ، އަދުނާނަށް ދިން އެޑްވައިސް އެކެވެ. މިކަން ކުރާތީވެ، ޕާކް އެޅުމުގައި އުޅޭ ކުދިން ހިތް ހަމަ ނުޖެހިގެން ރަށު ކައުންސިލަރ މުހަންމަދަށް ވަގުތުން ރިޕޯޓް ކުރިއެވެ. ރަށު ކައުންސިލަރ ވަގުތުން އަދުނާނަށް ގުޅާ އެކަން ހުއްޓުވުމަށް އެންގުމުން ދިން ޖަވާބަކީ " އެކަން ހިނގީ އަޅުގަނޑު ސަޔަށް ދިޔަ ވަގުތު " އެވެ. ނަމަވެސް އެވަގުތު އަދުނާނު އެތާހުއްޓެވެ. މަސައްކަތް ކުރިއަށް ދަނީ އެވެ. އަދުނާނު ވަގުތުން މިވާހަކަ މުދިމު ގާތުގައި ބުންނެވެ.


ޕޯލް ސްޓަރގެ ރައީސްގެ ގެވަޅު ސާފުކޮށް ނިމުނީމާ، މުދިމު ހުސޭނު ގޮސް ޕާކް ހެދުމުގެ މަސައްކަތުގައި އުޅޭ މީހުންނަށް ވަރަށް ހަޑި އެއްޗެއް ބޯން ދިނެވެ. އެކަމާ، ހިތްހަމަ ނުޖެހިގެން ޕާކް ހެދުމުގެ މަސައްކަތް ވަނީ ހުއްޓިފައެވެ. މިކަން ހިނގިއިރު ރަށު ކައުންސިލަރ ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި މާލޭ ގައެވެ. މިއަދުގެ ހަވީރުގެ ވަގުތެއްގައި ކައުން ސިލަރ ރަށަށް ދުރުވެ، އެންމެ ފުރަތަމަވެސް ކުރެއްވީ މިމައްސަލަ ތަހުޤީޤު ކުރުމެވެ. މިރޭ 8:30 ފެށިގެން ޕާކް ހަދާ މީހުންނާ އެކު ކައުންސިލަރ ގެންދަވަނީ ރަށު އޮފީހުގައި ބައްދަލުކުރައްވަމުންނެވެ.

އަދިވެސް، ސްޓޭޖް ސަރަހައްދުގައި ހުރި ބޮޑުކަތީބު އަންހެނުންގެ ދެރުއް ވަނީ ނުކެނޑި އެވެ. މިމަސައްކަތަށް ދަތިކުރުމުގެ ގޮތުންނެވެ. މިހާރު އަދުނާނު އުޅުއްވަނީ ޕެޓިޝަނެއް ހެދުމުގައި ކަމަށް ލައިވްގެ މުރާސިލް ރަށުން މައުލޫމާތު ދެއެވެ. މި ޕެޓިޝަނަކީ މަސްވެރިންގެ ދުވަސް އިހަވަންދޫގައި ފާހަގަ ކުރުމަށް ނުފެންނަ ކަމަށް ބުނެ 500 ސޮއި ސަރުކާރަށް ހުށަހެޅުމެވެ. މިޕެޓިޝަން ހިންގަނީ ރަށްވެހިގޭ ހުސެން މަނިކެވެ.

Blog Widget by LinkWithin

0 ކޮމެންޓްތައް ބަލާ:

Post a Comment