ޅޮހީ ޢަބްދުއްރަޙީމް، މަދީނާ ޔުނިވަރސިޓީ
ފެންކަޅިވެފައިވާ ޒުވާނާ އެދުގައި އޮށޯވެގެން އޮތްއިރު، އެނބުރެމުންދާ ފަންކާއަށް ބަލަހައްޓައިގެން އޮތެވެ. ޒުވާނާގެ ހިޔާލުތައް އެވަނީ އެނބުރެމުންދާ ފަންކާގެ ފިޔަތަށްފަދައިން އެނބުރެން ފަށާފައެވެ. ބުރަކަށްފަހު ބުރެކެވެ. ހިނދު ހިނދު، ކޮޅުން ގިސްލުމުގެ އަޑުވެސް ގުގުމާލާއެވެ.
މިއަދު އެޒުވާނާ އެވަނީ އެކަނިވެރިއަކަށް ވެފައެވެ. ޒަމާނުގެ އުފާތަކުން ލިބިގަންނަމުން އައި ލައްޒަތްތަކުން މަޙުރޫމުވެ އެއޮތީ ބަލިއެނދެއްގައެވެ.
ބަލާ ބެލުމަށް އެއީ ހަމައާދައިގެ ފަންސަވީހަކަށް އަހަރުގެ ޒުވާނެކެވެ. މޫނުމަތީންވެސް އެއްވެސް ބައްޔެއްގެ ނިޝާނެއް ފެންނާކަށެއް ނެތެވެ. އަދި ނުރައްކާތެރި ބައްޔެއްގައި އުޅޭ މީހެއްގެ ފުށުން ފެންނަ ފަދަ އެއްވެސް އަސަރެއްވެސް ފެންނާކަށް ނެތެވެ. މަޑުމަޑުން ކަޝްފުވަމުން ދިޔައީ ޒުވާނާގެ އުފާވެރި ދުވަސްތަކެވެ. އެހަނދާންތަށް އާވުމުން ޒުވާނާގެ ލޮލުން ކަރުނަ ހިލުވާލާ ހިތްދަތި ފަސްމަގެވެ.
ޒުވާނާގެ އުފާވެރި ހަޔާތުގެ ތަރި ފިޔަޖަހަންފެށީ، މީގެ ގާތް ގަނޑަކަށް އަށެއްކަ އަހަރުކުރީންނެވެ. ޒުވާނާއަކީ މާލޭ މުއްސަނދި މަންމައަކާއި ބައްޕައެއްގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅެވެ.
ސުކޫލުދައުރުގައި ޒުވާނާއަކީ ރާއްޖޭގެ އެންމެ މަޝްހޫރު އެއްސުކޫލުގެ ބަސްވިކޭ، ތަޢުލީމީ ދާއިރާގައި ރަތްވަނަތަކެއް ހޯދާފައިވާ ކިޔަމަންތެރި ދަރިވަރެކެވެ. ސުކޫލުގައި ބޭއްވޭ ތަފާތު ހަރަކާތްތަކުގައި ހަރަކާތްތެރިވި، އަދި ސުކޫލުގެ ވެރިންނާއި މުދައްރިސުންގެ ރުހުން ލިބިފައިވާ ދަރިވަރެކެވެ. ސުކޫލުދަޢުރަށް ފަހު ޒުވާނާ ނުކުތީ މުޖުތަމަޢުގެ ތެރެއަށެވެ. އިތުރަށް ކިޔަވަން ލިބުނު ފުރުޞަތު ދޫކޮށްލީ، އޭނާ ދެކެ ލޯބިވާ ކަމަށްބުނާ ބައިވެރިޔާ ދޫކޮށްލާފައި ދާން ހިތް ނޭދޭތީއެވެ. އަދި މައިންބަފައިންވެސް މާބޮޑަށް "މަޖުބޫރު" ނުކުރާތީއެވެ. މަންމައާއި ބައްޕަވެސް ވިސްނައިދިނީ ދަރިފުޅު ބޭނުން ކަމެއް ކުރުމުގެ އިހުތިޔާރު ލިބިފައިވާ ކަމަށާއި، އެހެންނޫނަސް ބޮޑުވެފައިވާ ދަރިއެއްގެ މިނިވަންކަމަށް އަރައިގަތުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް ބުނަމުންނެވެ. ހަޤީޤަތަކީ ހަމައެއީއެވެ.
ޒުވާނާ ބޭނުންވީ އޭނާގެ އާޢިލާގެ ވާރުތަވަމުން އައި ވިޔަފާރީގެ ތެރެއަށް ވަންނާށެވެ. ހުރިހާ ކަމަށްވެސް ވަރަށް ކާމިޔާބެވެ. ވިޔަފާރީގެ ވެރިޔަކީ ޒުވާނާގެ ބައްޕަކަމުން ޒުވާނާއަށް ވަކި މުސާރައެއް ކަނޑައެޅިފައެއް ނެތެވެ. " މިހުރިހާ އެއްޗަކީވެސް ދަރިފުޅުގެ އެއްޗެހި" އެއީ ޒުވާނާގެ ބައްޕަގެ އަތްމަތީ ބަހެވެ.
ޒުވާނާގެ ޅަ ސިކުނޑި ވަރަށް އަވަހަށް ފައިސާއަށް ހޭނިއްޖެއެވެ. ރަޙުމަތްތެރިންގެ ޢަދަދު އިތުރުވީ ހީކުރި ވަރަށްވުރެވެސް އަވަހަށެވެ. އެއީ ނަސީބުގަދަ ޒުވާނެކެވެ. ބޭނުންވާ ކޮންމެ ކަމެއް ކޮންމެވަޤުތަކު ކޮށްލެވެން ހުރެއެވެ. ބޭނުންވާ ވަރަކަށް ބޭނުން ޢަދަދަކަށް ފައިސާލިބެން ހުރެއެވެ. ޒުވާނާގެ އުޅުން ގޯހެކޭ މީހަކުނުބުނެއެވެ. އެހެން މީހުންނަށް ފެންނަނީ ޢުއްމީދީ ޒުވާނެއްގެ ގޮތުގައެވެ.
ޒުވާނާގެ މައިންބަފައިންވެސް ޒުވާނާއަށް ހިތްވަރުދެމުން ދެއެވެ. ރައްޓެހިންނާއި ގުޅުން ބަދަހިކުރުމާއި، ހިތްހަމަ ޖެހިގެން އުފަލުގައި އުޅުމަށް ބާރު އަޅައެވެ. އެގޮތުން ޒުވާނާގެ ހުސްވަޤުތު ތަކާއި ޗުއްޓީތަށް ހޭދަވެގެންދަނީ ތަފާތު ޕާރޓީތަކާއި، ރޭގަނޑު ބޭއްވޭ ދެޖިންސުގެ ނެށުންތަކާއި، ރިސޯޓުތަކުގައި ބޭއްވޭ ކުލަގަދަ ހަފުލާތަކުންނެވެ. ޒުވާނާގެ މައިންބަފައިން ތިބެނީ އުފަލުންނެވެ. އެފަދަ ނަސީބުވެރި ދަރިޔަކު، އެފަދަ ނަސީބުވެރި ދެމަފިރިޔަކަށް ނޫނީ ނުލިބޭނެ ކަމަށް އެދެމަފިރިން ލޮލާއި ބޮލުން ޤަބޫލުކުރެއެވެ.
ނަމަވެސް ދުނިޔެމަތީގައި ގިނަފަހަރަށް މުއްސަނދީންގެ ނަސީބު ގުޅިފައި އޮންނަނީ ފައިސާއާއިއެވެ. ނަމަވެސް އެފައިސާތަކާއި މުދާތައް، ކިތަންމެ މަހުޖަނެއްގެ ހަލާކަށްވެފައިވެސް އެބަހުއްޓެވެ. ދުނިޔެ ހިނގަމުން ދަނީ އަބަދުވެސް މި ޢަޖާއިބުކުރަނިވި އުޞޫލުގެ މަތީންނެވެ.
ޒުވާނާގެ މުއްސަނދިކަމާއި ފާގަތިކަން މެދުއުޑުގައި ފިޔަ ޖަހަމުން ދިޔައެވެ. ހަމައެޔާއެކު ޒުވާނާގެ އުޅުމަށްވެސް ބޮޑު ބަދަލުތަކެއް އަންނަން ފަށައިފިއެވެ. ސަބަބަކީ އެހާ ގިނަ ފައިސާތަކާއި، އުފަލާއި ތަނަވަސް ކަމުގައި އުޅޭއިރުވެސް ޒުވާނާގެ ޒަމީރަށް ލިބެމުންދިޔަ ނުތަނަވަސް ކަމެވެ. ދިރިއުޅުމުގައި ކޮންމެވެސް ކަމެއް މަދުވާ ކަމުގެ އިހުސާސް ކުރެވެނީއެވެ. ޒުވާނާ މިކަންކަމާއި ވަރަށް ފިކުރު ކުރިއެވެ. ނަމަވެސް ޒުވާނާއަކަށް މިކަމެއް އޮޅުންފިލާ ގޮތެއް ނުވިއެވެ. ފިކުރު ކުރަމުންގޮސް ކަންކަމާއި ހާސްވާންވެސް ފަށައިފިއެވެ.
މައިންބަފައިން ލަފާދިނީ މާބުރަކޮށް މަސައްކަތް ނުކޮށް، ތާޒާވެލާ އަރާމުކޮށްލުމަށް ދުނިޔޭގެ ކޮންމެވެސް ތަނަކަށް ދަތުރުކޮށްލުމަށެވެ. ދުނިޔެ ބަދަލުވަމުން ދަނީވެސް ވަރަށް އަވަހަށެވެ. ޒުވާނާއަށް ދުނިޔެ ފެންނަމުންދަނީ ބަދަލުވަމުންދާ ތަނެއްގެ ގޮތުގައެވެ. ޒުވާނާ ވިސްނާ ވިސްނާވެސް މިއޮޅުންބޮޅުންގަނޑު ނިއުޅޭލެވޭނެ ގޮތެއް ނުވިއެވެ.
ޒުވާނާ އެހެން ޤައުމަކަށް ދިޔުމަށް ދަތުރުކުރަމުން ދިޔައެވެ. މަންޒިލަށް ދެވުމާއެކު ޒުވާނާ އެއާރޕޯޓަށް ފައިބައިފިއެވެ. ހުރިހާ މީހުންވެސް ހޭލަ މޭލަ ވަމުން ދިޔައިރު މުޅި ތަން "ރަކަ ރަކަ" އަޅާ ކަހަލައެވެ. ކުއްލިއަކަށް ޒުވާނާއަށް ހައިރާންކަމެއް ލިބުނީ ފަހަތުން އައި މީހެއްގެ އަތް ޒުވާނާގެ ކޮނޑުގެ މަތގައި ބާއްވާލުމުންނެވެ.
އެއީ ޒުވާނާގެ ކުޑަ އިރުގެ ރަޙުމަތްތެރިއެކެވެ. ހަމަ އެޒުވާނާއާއި އެއް ޢުމުރެއްގެ ދީންވެރި ޒުވާނެކެވެ. ޒުވާނާއަށް އޭނާގެ ރަޙުމަތްތެރިޔާއާއި ބައްދަލުކުރެވުނީ ހަމަ އެންމެރަނގަޅު ވަޤުތުގައެވެ. ދެމީހުން ވާހަކަ ދައްކަމުންގޮސް ޒުވާނާގެ ހިތުގެ އުދާސްތައް ރަޙުމަތްތެރިޔާއަށް ހާމަކޮށްދިނެވެ. އެގޮތުގައި ވަޤުތު ދެމިގެން ދާންފަށައިފިއެވެ.
ގަޑިގެ ވަޤުތު އަބަދުވެސް އޮންނަނީ ކުރިޔަށް އޮތް ވަޤުތު އަތުލައިގަތުމަށް ދަހިވެތި ވެފައެވެ. ނުހަނު މަޑު މަޑުން ސިކުންތަކަށް ފަހު ސިކުންތެއް ފަހަތަށް ލަނީ، އަޖަޢިބުވާހައި ވަރަށްވުރެވެސް އަވަހަށެވެ. ގިނަ ފަހަރަށް އިންސާނާއަށް އެނގުމަކާއިވެސް ނުލައެވެ. އަބަދުވެސް އޮންނަނީ ވަޤުތުގެ ފަހަތުން އިންސާނާއަށް ދުވަން ޖެހިފައެވެ. ބައެއް ފަހަރަށް ވަޤުތު ވެފައިވަނީ އިންސާނާގެ ހަތުރަކަށެވެ. އަނެއްބައި ފަހަރަށް ވަޤުތަކީ އިންސާނާގެ ލަނޑުދަނޑި ކަމަށްވެސް ވެދެއެވެ.
ޒުވާނާ ހިނގައިގަތީ ދެމީހުން ފަހުން ބައްދަލުވުމަށް ވަޢުދުވަމުންނެވެ. ހުންނަން ހަމަޖެހިފައިވާ ތަނަށް ދިޔުމަށްޓަކައި ސަވާރީގައި ދަތުރަށް ފަށައިފިއެވެ. ކާރޫބާރޫ ބޮޑުމަގުން ކާރު ދުއްވަމުން ދިޔައިރު، މަގުގެ ދެފަރާތުން ފެންނަމުން ދިޔައީ، އިންސާނާގެ މަސައްކަތްތެރި ކަމުގެ ކުޅަދާނަކަމެވެ. ނަމަވެސް އެއިން ލިބެނީ ކޮން ހިތަހަމަ ޖެހުމެއްބާވައޭ ޒުވާނާގެ ހިތަށް އަރައި ފައިބަމުންދިޔައެވެ. އޭރު ކާރުހުރީ އޭގެ ދުވެލި މެކުހަށް ޖަހާފައެވެ. އިރުކޮޅެއް ނުވެ އިވުނީ ގަދަފަދަ އަޑެކެވެ. ޒުވާނާއަށް ވީއެއް ނުވީއެއް ނޭންގުނެވެ. މޫނު މައްޗަށް އަނދިރިވެއްޖެއެވެ.
ޒުވާނާގެ ހޭވެރިކަން ރުޖޫޢަވީ އިރުގައި، ޒުވާނާއޮތީ މިހާރު އެއޮތް ބަލި ހާލަތަށް ރުޖޫޢަވެފައެވެ. ހަށިގަނޑުގެ ވާތްފަރާތް އެއްކޮށް ވާވުމުގެ ސަބަބުން މުޅި އުމުރަށްވެސް ހިނގާބިނގާވެ އުޅުމުން މަޙޫރޫމުވެފައެވެ.
މިއީ ކޮންކަހަލ ދުނިޔެއެއް ހެއްޔެވެ؟ ބައެއް ދުވަސް ދުވަހު ނުހަނު ރީތި ޗާލާކީ ކުލަތަށް އެކި ގޮތް ގޮތަށް ދައްކައިދެއެވެ. އަނެއްބައި ދުވަސް ދުވަހު ހަމަ އެކުލަތައް އަވާ މެންދުރަކަށްވަނީވެސް މަދެއްކޮށެއް ނޫނެވެ.
އެޔަށްފަހު ޒުވާނާގެ ދުނިޔެ ހަނިވެއްޖެއެވެ. ކިތަންމެ ފައިސާ ގިނަ ނަމަވެސް ސިއްހަތެއް ނުގަނެވުނެވެ. ވަށައިގެން ޕަރުވާނާތަކެއް ފަދައިން އުޅުނު ރަޙުމަތްތެރިން ލޮލުގެ ކުރިމަތީން ޣަޢިބުވެއްޖެއެވެ. އެކަނިވެރިޔެކޭ ބުނަން ބޭނުން ނުވި ކަމުގައިވިޔަސް ޙަޤީޤީ އެކަނިވެރިޔަކަށް ވެއްޖެއެވެ. ކަމަކަށް ބޭނުންވިޔަސް ތިބެނީ ތުން ފިއްތައިގެން، މުސާރަކޮޅުގެ ދަހިވެތިކަމުގައި މަސައްކަތްކުރާ ބިދޭސީންނެވެ.
ޒުވާނާ މިކަންތައްތަކާ މާބޮޑަކަށް އަޅައެއްނުލައެވެ. ޒުވާނާގެ ދުނިޔެވަނީ ފަންމީރިއެއްހާ ހަނިވެފައެވެ. ނަމަވެސް ޒުވާނާ ކަންބޮޑުވެ ހާސްވަނީ، ގަދަވެ ސަލާމަތުން ހުރިއިރު ޙައްޤު ގޮތް ނުވިސްނުނީތީއެވެ. ޒުވާން އުމުރުގެ އަގުހުރި ވަޤުތުކޮޅު، ބޭކާރު ކަންކަމުގައި ނަގާލެވުނީތީއެވެ. އެކަމަކު ޒުވާނާ އަދިވެސް އުއްމީދު ކަނޑައެއް ނުލައެވެ. ހެއްދެވި ފަރާތަށް ތަޢުބާވީ ހެޔޮހިތުންނެވެ. ދިމާވެފައިވާ ދަތި އުނދަގޫތަކަށް ކެއްކުރަމުންދަނީވެސް ކިޔަމަންތެރިކަމާއި ހަޤީޤީ އީމާންތެރިކަމާއެކުއެވެ. ﷲ ސުބުޙާނާހޫ ވަތަޢާލާ ދެއްވާފައިވާ ނިޢުމަތްތައް ހާދަހައިވާ ގިނައެވެ. އެހުރިހާ ނިޢުމަތްތަކެއް ހަނދުމަކޮށް ، އެކަލާނގެ ކުޅަދުންވަންތަކަމާއި، ހައިބަތު ހިތަށް ގެނައުމުން ހިތަށް އެލިބޭ ހިތްހަމަޖެހުމެއްގެ ބޮޑުކަމާއެވެ. ޒުވާނާގެ ހިތުގައި މިހާރު އެއްވެސް އޮޅުން ބޮޅުމެއްނެތެވެ. ހިތްއެވަނީ އީމާންތެރިކަމުގެ ހުޅުކޮޅޫން އެކީ އެކައްޗަކަށް ދިއްލި ހުޅުދާންވެފައެވެ. ދުނިޔެއަކީ ފަނާވެދަނިވި ވަޤުތީ ފާލަމެކެވެ. ފައިސާއާއި މުދަލަކީ އަވާމެންދުރެއް ފަދަ އެއްޗެކެވެ. ނުހަނު އަވަހަށް ބީވެގެން ހނގައިދާނެއެވެ. އޮށޯވެލައިގެން އޮތް ޒުވާނާގެ ހިތްވަނީ މަޑުމޮޅިވެފައެވެ. ތެދުމަގު ދެއްކެވީތީ ޝުކުރުކުރާ ހާލުގައެވެ. ނަމަވެސް ޒުވާނާގެ ފަސްމަގުގެ އަނދިރި ދުވަސްތަށް ހަނދާންވުމުން ހިތް ގުޑުން އަރާ ކަހަލައެވެ. އަދިވެސް އެތަދު ހިތުގައި ނުފިލައި ހިނގާކަހަލައެވެ.
ފެންކަޅިވެފައިވާ ޒުވާނާގެ ލޮލުން ނުކުތް ވިދާ ވިދާ އިން ކަރުން ތިއްކެއް، ލުއި ލުއި ގޮތަކަށް ފުރޮޅިލާފައި ގޮސް ކޯތާފަތުގެ ދަށަށް ޣަޢިބުވެއްޖެއެވެ. ޒުވާނާ ނޭވާ ހިފަހައްޓާލިއެވެ. ނަމަވެސް ކަރުނަތައް ހިފަހައްޓައެއް ނުލެވުނެވެ. ހޯސްލާފައި ފައިބަމުން ދިޔަ ކަރުނަތަކާއެކު، ގިސްލުމުގެ އަޑު ކޮޓަރީގެ ހަތަރު ބިތަށް ހިނދިއްޖެއެވެ.
ނިމުނީ

0 ކޮމެންޓްތައް ބަލާ:
Post a Comment