22.11.09

އަހަރެންމީ ޖާރިޔާއެއްނޫނެވެ.

އަޙްމަދު ތިރިމިޒީ ހއ.އިހަވަންދޫން
އެއީ މީގެ އެއްމަސްދުވަސް ކުރިއެވެ. ނަމަވެސް އެއީ ހަމަ މިއަދެވެ. އެހެނަސް ތަފާތަކީ ކުޑަކުޑަ ތަފާތެކެވެ. އެއީ ޑޮކްޓަރ އާނަންދުގެ ހެދުންތައް ދޮންނަނީ އަހަރެންނެއްނޫނެވެ. އޭރު އާނަންދުގެ ހެދުންތައް ދޮންނަމީހެއް އަހަރެންނަކަށް ނޭނގެއެވެ. އާއެކެވެ. އަހަރެންނަކީ އެޓެންޑެންސް އެވެ. ނުވަތަ މަސައްކަތު މީހާއެވެ. އެހެންނަމަވެސް ޖާރިޔާއެއްނޫނެވެ.
އަހަރެންގެ ވަޒީފާއަކީ ސިއްޙީ މަރުކަޒުގެ މަސައްކަތު މީހެއްގެ ވަޒީފާއެވެ. އެއްވެސް ގޮތަކުން ޖާރިޔާ އެއްގެ މަސައްކަތެއްނޫނެވެ. އަހަރެންގެ ޑިއުޓީ ފުރިހަމައަށް އަދާކުރަމެވެ. ބަލިމީހުން ހަޑިކުރީމައި ދޮވެސާފުކުރަމެވެ .އެނދުތައް ރީތިކޮށް އަބަދުވެސް ބަހައްޓަމެވެ. ކުނިކަހާ މޮޕްޖަހަމެވެ. އަދި ގޯތިތެރެ ކުނިކަހާ ސާފުކުރަމެވެ. މިކަންކަން އުފަލާއެކު ކުރަމެވެ. މީ އަހަރެންގެ ވަޒީފާއަށް ވީތީއެވެ. މިކަމާއެއްވެސް ޝަކުވާއެއް ނުކުރަމެވެ. ނުވެސްކުރާނަމެވެ. ޝަކުވާ ކުރާނެނަމަ އަހަރެން މިވަޒީފާއަކު ނުހުރީސްކަންކަށަވަރެވެ.
އަހަރެންކުރާ މަސައްކަތަށް މުސާރަދެނީ ސަރުކާރުންނެވެ. އަދި އާނަންދު ކުރާމަސައްކަތައްވެސް މުސާރަދެނީ ސަރުކާރުންނެވެ. ހިތާމައަކީ އާނަންދުގެ ހެދުންތަކާއި ފަޓުލޫންތައް ދޮވެ އިސްތިރިކުރަން އަހަރެންނަށް ޖެހޭކަމެވެ. އަހަރެންމީ އެމީހުންގެ ޖާރިޔާއެއްނޫނެވެ. އަހަރެންގެ ވަޒީފާބަޔާނުގައި އާނަންދުގެ ހެދުންތައް ދޮވެ އިސްތިރި ކުރުމެއްނެތެވެ. އެހެންނަމަވެސް ވަޒީފާބޭނުމެވެ. ވަޒީފާ ބޭނުންނަމަ އެކަންވެސް ކުރަން ނޫވިލް ޝަޒުވާ ކެނޑިނޭޅި އަންގައެވެ. އެކަމަކު އަހަރެންމީ އޭނަގެވެސް ޖާރިޔާއެއްނޫނެވެ.
އަހަރެން މިހާލުގައި އުޅެންޖެހެނީ މަޤާމުގެ އެމީހުންނާއި ތަފާތުވީމައި ހެއްޔެވެ. މަޤާމުތަފާތަސް އަހަރެންގެވެސް އޮންނަނީ ހަމަ އެމީހުން އޮންނަކަހަލަ ހިތެކެވެ. އަހަރެންގެވެސްް އިހްސާސްތަކެއްވެއެވެ. އެމީހުންގެ ހުންނަފަދައިންނެވެ. އެމީހުން އެބޭނުންވާ އިހްތިރާމް އަހަރެންވެސްް ބޭނުމެވެ. އަހަރެންމީ ...... ޖާރިޔާއެއްނޫނެވެ. އާއެކެވެ. އަހަރެންނަކީ އެޓެންޑެންސެވެ.

Blog Widget by LinkWithin

0 ކޮމެންޓްތައް ބަލާ:

Post a Comment