އަޙްމަދު ތިރިމިޒީ ހއ.އިހަވަންދޫ
އަންނަ ޑިސެމްބަރު މަހު ހދ. މަކުނުދޫގައި ފާހަގަ ކުރުމަށް ނިންމާފައިވާ މިއަހަރުގެ މަސްވެރިންގެ ދުވަސް އެރަށުގައި ނުބާއްވާ އިހަވަންދޫގައި އެދުވަސް ފާހަގަ ކުރާގޮތަށް ސަރުކާރުން ހަމަޖެއްސުމާއި ގުޅިގެން ، އެދުވަހަށް ތައްޔާރުވުމުގެ އަމަލީ މަސައްކަތްތައް އިހަވަންދޫ ގައި ފެށިގެން ވަރަށް ބާރަށް ރައްޔިތުން ކުރަމުން އެބަދެއެވެ.
މިގޮތުން ނިމިގެންދިޔަ ހަފްތާގައި، ކުރެވުނީ މަރިޔާދުގެ ހެދުމުގެ މަސައްކަތެވެ. އޭގެ އިތުރުން އޯޕަން ސްޓޭޖްގެ ޓެރަސްތައް ވެލްޑިންގ ކުރުމުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ކުރެވެމުން ދެއެވެ.
މިއަދު އޮތީ ކުޑަކުދިންގެ ޕާކާއި ސްޓޭޖް ހެދުމަށް ބޭނުންވާ ވެލި ގެނައުމުގެ މަސައްކަތެވެ. މިމަސައްކަތުގައި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ސްކޫލްކުދިންނާއި ރަށުގެ ރައްޔިތުން ބައިވެރިވި އެވެ. ނަމަވެސް ބޮޑުކަތީބު އަދުނާނު ޢަބްދުﷲ ބައިވެރިއެއް ނުވެއެވެ. އޭނާ ބައްޔެއްވެސް ނޫނެވެ. ހަވީރުގެ ވަގުތެއްގައި ހޯމް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ އާދަމް ނަޞީރު އިހަވަންދޫ އަށް ވަޑައިގަތެވެ. އެތަނަށް އަދުނާނު ގޮސް ހުއްޓެވެ. މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބޮޑުކަތީބްގެ އެއްބާރު ލުމެއް ނުލިބެއެވެ. ސްޓޭޖް އަޅާ ސަރަހައްދުގައި ހުރި އޭނާގެ ބަފައިބެގެ ރުކެއްވެސް ކެނޑިޔަނުދީ ދަނީ ހިފަހައްޓަމުންނެވެ.
ވެލި ގެނައުމުގައި މުހަންމަދު ކަތީބުގެ ރޭވުން ފެއިލް ވެފައިވާކަމަށް ލައިވްގެ ރިޕޯޓަރ ރަށުން މައުލޫމާތު ދެއެވެ. ހުޅަނގު އަވަށުން ނިކުން ޒުވާނުން ވަރަށް މަދެވެ. އިރުމަތީ އަވަށުން ވަރަށް ގިނަ އަދަދެއްގެ ޒުވާނުން ބައިވެރި ވިއެވެ.
މާދަމާ ކުދަކުދިންގެ ޕާކާއި ސްޓޭޖް ހެދުމަށް ބޭނުންވާ ގާ އެޅުމުގެ މަސައްކަތް އޮންނާނެ އެވެ.
އިހަވަންދޫގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ނިންމެވީ ހދ. މަކުނުދޫން އެކަމަށް ތައްޔާރުނުވާތީވެ، އެންމެ އަވަހަށް އެދުވަހުގެ ތައްޔާރީތައް ބޭއްވޭނެ ފަދަ ރަށެއްގެ އެދުވަސް ފާހަގަ ކުރުމަށެވެ. ނަމަވެސް އެދުވަހުގެ ޕްރޮގްރާމްތަކާމެދު އެއްޗެއް ދަންނަވަން ދަތިކަމަށް ފިޝަރީޒް މިނިސްޓްރީގެ ޕީ.އެސް. ޑރ. އަބްދުﷲ ނަޞީރު ވިދާޅު ވިއެވެ.
މަސްވެރިންގެ ދުވަސް މަކުނުދޫގައި ނުބާއްވާގޮތަށް ސަރުކާރުން ނިންމުމާއި ގުޅިގެން އުފެދޭ ހިތްހަމަ ނުޖެހުން ، އިހަވަންދޫ ރައްޔިތުންނާ މެދު ނޯންނާނެ ކަން ޔަގީން ކުރަމެވެ. އިހަވަންދޫ ރައްޔިތުންނާއި މަކުނުދޫ ރައްޔިތުންނަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ބަޔެކެވެ.

0 ކޮމެންޓްތައް ބަލާ:
Post a Comment