އަޙްމަދު ތިރިމިޒީ ހއ.އިހަވަންދޫން
ތުއްތަނިކު ވަރަށް އަސަރާއި އެކު ކިޔާދިނެވެ. އޭނާގެ ހަގުސޮރު ވަރުގަދަ ހުންގަޑެއް އައިސްގެން އެސޮރުގޮވައިގެން މަރުކަޒަށް ދެވުނުއިރު އެރޭގެ އަށެއްޖަހަން ހުރީ ތިރީސް މިނެޓެވެ. މަރުކަޒަށް ދިޔައިރު ދެކުދިން ކައުންޓަރުގައި ހިންދީ ޑްރާމާއަކަށް ގެއްލިފައި ތިއްބެވެ. ތުއްތަނިކު އެތެރެއަށް ވަދެގެން ޑޮކްޓަރ ބައްލަވާ ކޮޓަރިއާއި ހަމައަށް ދިޔައިރުވެސް އެކުދިންނަށް ރޭކާވެސް ނުލިއެވެ. ތުއްތަނިކާ ދިމާވީ އެތަނުގައި މަސައްކަތު އުޅޭމީހަކާއެވެ. މަސައްކަތުމީހާ ތުއްތަނުކު އެތެރެއަށް ވަދެގެން އުޅޭކަމަށްބުނެ އެދެކުދިންގެ ސަމާލުކަން ހޯދޭތޯ ބެލިއެވެ. އެމީހުންގެ ޖަވާބަކީ މަޑުކޮށްލާށެވެ. އިރުކޮޅަކުން ޑޮކްޓަރ ދުރުވާނެއެވެ. އަނެއްކާވެސް އެދެކުދިން ޑްރާމާގެ ހިޔާލީ ދުނިޔެއަށް ފީނާގަތީއެވެ. ތުއްތަނިކުގެ ދަރިފުޅުގެ އަޑު ގަދަވަނީއެވެ. އެކުދިންނާ ސުވާލު ކޮށްލިއެވެ. ޑޮކްޓަރ އަށް ގުޅާލަދޭންވީ ނޫންތޯއެވެ. މިސޮރު ވަރަށް ހުންގަދައެވެ. މޫނުވެސް އަނބުރައިނުލާ ޖަވާބުދިނެވެ. މިހާރުޑޮކްޓަރ ދުރުވާނެއެވެ. އެސޮރު ގޮވައިގެން ތުއްތަނިކު ބޭރަށްނުކުމެ ޖޯލިފަތީގައި ޖައްސާލިއެވެ. ތުއްތަނިކު ހިތައްއެރިއެވެ. މިކުދިންގެ ކަމަކީ ހަމަ ހިންދީ ޑްރަމާބެލުމެވެ.
އަޙްމަދުގެ ދައްތަ އެއޮތީ އެޑްމިޓް ކޮއްފައެވެ. ދައްތައަށް ވާއުނދަގުލެއް ބުނެދޭކަށްނޭނގެއެވެ. އެކަމާ ހާސްވެ ދެލޯމުދުނުގައި ބަހައްޓަކައިގެން އަހުމަދު އާއި އޭނާގެ އާއިލާ އުޅޭއިރު ޓީވީގެ އަޑު ހަރުކޮށްލާފައި ކޮންމެވެސް ތިން ޖުއްޖަކު ހީނ ހީނ ފައި އަރުޖުމް ރާމްޕާލް ގެ ފިލްމެއްބަލަނީއެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. މިނަށްވުރެ މީހުންގިނަވެ ކުރާނެކަމެއްނެތުނީމައި ދެން އެކަންވެސް ކުރާނެއެވެ. އެކަކު އިނީ ފައިނަގައި ކޮޅަށްޖަހާލައިގެންނެވެ
އެހެންނޫނަސް މަރުކަޒަށް ބޭނުންތަކުގައި ގޮސްއުޅޭމީހުންގެ ޝަކުވާއަކަށް ޓީވީގައި އަޑުގަދަކޮށްފައި ބެހެއްޓުން ހިމެނެއެވެ. މިކަންވެސް ހައްލުކުރަން ހޭއަރާނީ ކޮންމެވެސް މީހަކު ކުރޮޅިއެއް އެއްލާފައި ޓީވީ ތަޅާލީމައި ހެއްޔެވެ. ނޫނެކެވެ. ބަލިމީހުންނާއި އެމީހުންނަށް ވާނެއުނދަކޫ ކުރާނެ އަސަރު އިގޭނީ ހަމަބަލި މީހުންނަށެވެ. ވުމާއެކު މީހެއްގެ އަތުންފައިން ކުރޮޅިއެއް ނުވަތަ މީދާކޭ އުނބެއްއެއްލައި ޓީވީ ތަޅާލައި ގޯސްނުހަދަނީހެން މިކަމަށް އެކަށީގެންވަ ރަނގަޅުހައްލެއްހޯދަމާހިންގާށެވެ. އެއްވެސް މީހަކަށް ހިންދީވިއަސް ދިވެހި ވިއަސް ޑްރާމާބަލަން ވަޒީފާއެއް ދީފައި އޮވެދާނެހެން އަޅުގަނޑަކަށް ހީ އެއްނުވެއެވެ. ވުމާއެކު ނަރުހުންނަކީ އަދި ބަލީމީހަކު ރޯތަންފެނިގެން ހިތަށް ރަހުމެއްކޮށް ޓީވީ ނިވާލާނެ ބައެއްނޫނެވެ. ދުވާލަކު އެތަށް ބަޔަކު އެގޮތަށް ރޮއިހަދާތަން އެމީނުންނަށް ފެންނާނެއެވެ. އެކަމަކު ޑްރާމާއިން ކުސުމް ރޯތަން ފެނުނީމައި އިސާހިތަކު ނަރުހުންގެ ދެލޮލުން ކަރުނަ ހިލެއެވެ. އެމީހުންގެ ލޮލުން ބޭ އިހްތިޔާރުގައި ކަރުނަ އޮހޮރެއެވެ.

.jpg)
2 ކޮމެންޓްތައް ބަލާ:
ކިޔާނެ ކަމެއް ނެތް. ތެދެއް ހަމަ ތީ ކަލޯ
v dhera massala eh thiaky. kohmeves gotheh huhnanh vaane dhw. thigothah kahthah kurah heyoves nuvaane..boybrave.
Post a Comment