އާދަމް ޝަރީފް ނެއްލައިދޫ
އަޅުގަނޑުގެ މި ޚިޔާލަށް ތާއީދުނުކުރައްވާ ބޭފުޅުންގެ ކިބައިން އެންމެ ފުރަތަމަވެސް މައާފަށް އެދެމެވެ. އެހެނީ މި ލިޔުން މި ލިޔެވޭ މުނާސަބަތަކީ ދިވެހިން ވަރަށް ބޮނޑަށް ފުޓުބޯޅައަށް ހިތްޖެހި އެކަމުގައި ހުރިހާ ގޮތަކުންމެ އެކަތި ގަނޑަކަށްވެފައިވާ ވަގުތެކެވެ.
މިއަދު ނިމިގެން މި ދިޔައީ ސާފު ޗެމްޕިއަން ޝިޕްގެ ފައިނަލެވެ. މުޅި ދިވެހި އެންމެހާ ރައްޔިތުންގެ ހިތް ކުދިކުދިކޮށްލުމަށްފަހު މުޅި ޤައުމު ރޮއްވާލާފައެވެ. ގަދަ ހިތްވަރާއެކު ދިވެހި ޓީމު ކުރި މަސައްކަތް ނާކާމިޔާވެ ދިވެހިންގެ އަތުން ސާފުގެ ތަށި ގެއްލިގެންދިޔައީއެވެ. ތަށި ނުލިބުމުން ކޮންމެ ދިވެއްސަކުމެ ދެރަވާނެއެވެ. އެހެން ނަމަވެސް އަޅުގަނޑަށް ޤަބޫލުކުރެވުނީ ދިވެހިން ޤައުމީ އެއްބައިވަންތަކަން ދިފާއުކުރި ތަނެވެ. ފުޓުބޯޅަ ނޫނަސް މުނިފޫހިފިލުވުމާއި ކުޅިވަރު ފަދަ އިޖުތިމާޢީ ހަރަކާތްތަކުގެ ފޮރުވިފައިވާ އެންމެ މަތިވެރި ބޭނުމަކީ އެކުވެރިކަމާއި އެއްބައިވަންތަކަން ގެނެސްދިނުމެވެ. އެކަތި ގަނޑަކަށް ހެދުމެވެ. އަޅުގަނޑު ޤަބޫލުކުރާ ހިތް އޮތީ ފައިބެ އަހަރު މި މުބާރާތް ކާމިޔާބުކުރުމަށްޓަކައި ދިވެހިންގެ މެދުގައި އޮތް އެކުވެރިކުރުވައި އެކަތިގަނޑަކަށް ހަދާ ޤައުމީ ޓީމަށް ހިތްވަރު ގެނެސްދިނުމަށް ކުރިމަސައްކަތް މިފަހަރުގެ މި މުބާރާތުންވެސް ފެނިގެން ހިގައްޖެކަމުގައެވެ. އެހެން ކަމުން މި މުބާރާތަކީ ދިވެހިންނަށް ކާމިޔާބު މުބާރާތެކެވެ. މިކަން މި މަގަށް ގެންދިއުމުގެ އާރުކާޓީ އަކީ ޓީވީ މޯލްޑިވްސް ނޫން ކޮންބައެއްހެއްޔެވެ. ޓީވީ ގެ ހުރިހާ ޝެޑިއުލް ޕްރޮގްރާމްތަކެއް ހުއްޓާލާ ދިވެހިންގެ ވިސްނުމާއި ހިތް ޤައުމީ ޓީމާއި ދިމާއަށް މިސްރާބުކުރަން އެކުރި މަސައްކަތް ނުކުރިނަމަ ދިވެހިންގެ ތަރުހީބާއި ހިތްވަރު ދިނުން މި މިންވަރަށް ހޯދުމަކީ މުސްތަހީލުކަމެކެވެ. އެކަމަށްޓަކައި ދިވެހި ކޮންމެ ދަރިއަކުމެ ޓީވީ ގެ އެންމެ މުވައްޒަފުންނަށް ވަކިން ޚާއްޞަކޮށް އެ މުއައްސަސާގެ ވެރިންނަށް ޝުކުރު އަދާކުރަންޖެހޭނެއެވެ. ޝުކުރިއްޔާ ޓީވީގެ އެންމެހާ މުވައްޒަފުންނަށް.
މި ބޮޑު މަސައްކަތާއި މި ބޮޑު ހޭދައަށް އަޅުގަނޑުމެން ތަންކޮޅެއް ބޮޑަށް ވިސްނާލުމަށް މިއީ އެންމެ މުނާސަބު ދަނޑިވަޅެވެ. އިޤްތިޞާދީ ގޮތުން ޤައުމު އޮތީ ކޯމާއެއްގައި ކަމަށް އެއްބަޔަކު ބުނާއިރު ވަކިން ޚާއްޞަކޮށް ސަރުކާރުން ހާމަކުރާއިރުވެސް މިކަމށް ދިވެހިން ކުރަމުން ދިޔަ ހޭދައިން ޤައުމު އޮތީ އެ ހާލަތުގައި ކަމަށް ޤަބޫލުކުރަން ތަންކޮޅެއް އުނދަގުލެވެ. އަޅުގަނޑު ދައްކަން މި އުޅެނީކީ އަދި މިވާހަކައެއް ނޫނެވެ. އަޅުގަނޑު ދައްކަން މި އުޅެނީ ޤައުމީ ކަންކަމުގައި މީޑިއާގެ މުހިންމު ކަމުގެ ވާހަކައެވެ. ވަކިން ޚާއްޞަކޮށް ޓީވީ މޯލްޑިވްސްގެ ދައުރުގެ ވާހަކައެވެ. ޤައުމުގެ ވިސްނުމާއި ފިކުރު ވަކި ދިމާއަކަށް މިސްރާބުކުރުމުގައި ޓީވީ މޯލްޑިވްސް ކުޅޭ މުހިންމު ރޯލުގެ ވާހަކައެވެ. ކުޅިވަރު ޕްރޮމޯޓުކުރުމުގައި އަދި އޭގެ ތެރެއަށް ރައްޔިތުންގެނެސް ވައްދާ އެންމެން އެކައްޗެއް ކިޔުއްވުމުގައި އެ މުއައްސަސާ ކުޅުނު ދައުރުގެ ވާހަކައެވެ. ޝައްކެއްވެސް ނެތެވެ. އެއީ ހަމަ އެބޭފުޅުން އެ ވިދާޅުވާހެން ޤައުމީ ކަމެކެވެ. ޤައުމީ ކަންކަން ވަރަށް ގިނައެވެ.
ޤައުމީ ހުރިހާ ކަމެއްގައިވެސް ޓީވީ މޯލްޑިވްސް މި ދައުރު އަދާކުރާނަމަ ރާއްޖެއަށް އޮތް ކުރިއެރުން ބޮޑެވެ. ސިޔާސި ގޮތުން ރައްޔިތުންނަށް ހެޔޮ ގޮތް އަންގައިދިނުމާއި ކަންކަމުގެ ދެފަރާތް ރައްޔިތުންނަށް ގެނެސްދިނުމަށްޓަކައި މި ފަދަ ލައިވް ޝޯތައް ތަކުރާރު ނުކުރެވެނީ ކީއްވެގެން ބާވައޭ ސުވާލު އުފެދެއެވެ. ވަކިން ޚާއްޞަކޮށް ޑިމޮކްރަސީގެ ޅަފަތުގައި ރައްޔިތުންނަށް ޑިމޮކްރަސީ ތައާރަފުކުރުމާއި އޮޅުން ފިލުވައިދިނުމުގައާއި ރައްޔިތުންގެ މަޞްލަހަތާއި ގުޅިފައިވާ މުހިންމު ދުސްތޫރީ ނިންމުންތަކާއި ބިލްތަކާމެދު ބަހުސް ކުރުމަށްޓަކައި ހުޅުވާލެވިފައިވާ ލައިވް ޝޯތައް ބޭއްވޭ ނަމަ ރައްޔިތުންނަށް ވަރަށް ބޮޑަށް ކަންކަމުގެ ޙަޤީޤަތް ސާފުވެގެން ދާނެއެވެ. ތެދު މައުލޫމާތު އެންމެ ރަނގަޅުގޮތް އެނގިގެންދާނެއެވެ. ނަމަވެސް މި ފަދަ ކަންކަމުގައި ޓީވީ މޯލްޑިވްސްގެ ރޯލު ކުޅިވަރާއި އަޅާ ބަލާއިރު ވަރަށް ކުޑަކަމަށް އަޅުގަނޑަށް ފާހަގަކުރެވެއެވެ.
ރާއްޖޭގެ ސަރުކާރު ބަދަލުވެ ރިޔާސީ މެނިފެސްޓޯއަކަށް ރައްޔިތުންގެ ވޯޓާއި ތާއީދު ލިބިގެން އުފެދިފައިވާ ސަރުކާރުގެ ސިޔާސަތުތަކުގެ ދޯހަޅިކަމާއި ހަރުދަނާކަން ރައްޔިތުންނަށް ގެނެސްދިނުމަކީވެސް ޤައުމީ ނިސްބަތުން ކުޑަކަމެއްނޫނެވެ. ޤާނޫނު ހަދާ މަޖުލިހުގައި ބިލްތައް ހުށަހެޅި ބަހުސް ކުރެވި ޤާނޫނުތައް ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު މުޅި ޤައުމުގެ ވިސްނުން އެއްވިސްނުމަކަށް މިސްރާބުކުރުމަށް ހުޅުވާލެވިފައިވާ ބަހުސްތައް އާއްމުންނާ ހަމައަށް ގެނެސްދިނުމަކީ ޓީވީ މޯލްޑިވްސްކުރަން ޖެހޭ ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. ފަންނީ މީހުންގެ ބޭނުންކޮށްގެން ކަންކަމުގެ އެކޮޅު މިކޮޅު ރައްޔިތުންނަށް ގެނެސްދެވިގެން ނޫނީ ހެޔޮ މިސްރާބަކަށް މި ޤައުމު ދީލައެއް ނުލެވޭނެއެވެ.
ސާފު ޗެމްޕިއަންޝިޕްގެ ލައިވް ޝޯގައި ރައްޔިތުންގެ ޝުޢޫރު ފާޅުކުރުމަށްޓަކައި ކެމެރާތަކާޢި މޭޒުތައް ނެރެ ޓީވީ މޯލްޑިވްސްގެ ގޯތިތެރޭގައި އަތުރާލެވުނެވެ. އެންމެނަށް ފުރުޞަތު ހުޅުވާލައިގެން އަދި އެމަގަށް ރައްޔިތުން ފިކުރާއި ވިސްނުން ގެންދިއުމަށްޓަކައި ކްންޓްރޯލުކުރާ ބަޔަކުވެސް ތިއްބެވެ. އެމީހުން ދޫނިތައް މަޅިއާއި ދިމާއަށް ލަވާހެން ރައްޔިތުން އެ ދިމާއަށް ލަވަމުން ދިޔައެވެ. މި ގޮތް ޤައުމީ ތަރައްޤީއާއި ގުޅުންހުރި ޤައުމީ ކަންކަމުގައިވެސް ގެންގުޅުއްވާށެވެ. ދިވެހިންނަށް ފާގަތި ދިރިއުޅުމެއް ހޯދުމަށްޓަކައި ޤައުމު ބައްޓަންކުރުމަށްޓަކައި މިއީ މިފަދަ ޝޯތަކަށްވެސް ވަރަށް ބޭނުންތެރި ވަގުތެކެވެ. ރާއްޖެއަށް ޙަޤީޤި ތަރައްޤީއެއް ގެނެސްގަތުމަށް އެންމެ ބޮޑު ރޯލެއް އަދިވެސް އަދާކުރެވެން އޮތް އެއްބަޔަކީ ހަމަ ޓީވީ މޯލްޑިވްސް އެވެ. ދިވެހިރާއްޖޭގެ އަޑެވެ. އާދެ! ޤައުމީ މީޑިއާއެވެ. އެހެން ނަމަވެސް ޤައުމީ ތަރައްޤީ ބައްޓަންކުރުމުގައި ރައްޔިތުންނަށް މައުލޫމާތު ގެނެސްދީ ޤައުމީ ސިޔާސަތު ޕްރޮމޯޓުކުރުމުގައި ޓީވީ މޯލްޑިވްސް ހަމަ ސުމެކެވެ. އެހެން ނަމަވެސް ކުޅިވަރުގައި ހަމަ އެއްވަނައެވެ. ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅުވާލުމާއި ސަރަހައްދީ ތަރައްޤީއާއި ބޯހިޔާވަހިކަމާއި މުދަލުގެ އަގުތިރިކުރުން ފަދަ އެންމެހާ ސިޔާސަތުތަކަށް ހުއްޓުމެއްނެތި ބަހުސްތައް ކުރަންޖެހެއެވެ. ހެޔޮ މަގަށް ޤައުމު މިސްރާބުކުރެވޭނީ އޭރުންނެވެ.

1 ކޮމެންޓްތައް ބަލާ:
ކަލޭތީ ތިވާހަކަ ދައްކަން މާރީތިމީހެއް ނޫން އިގޭ ކޮބާ މަޖިލިސް އިއްތިހަބުގައި ފިހާރަތަކުންނެގި އެއްޗެހީގެ ބިލުތަކުގެ ފައިސާ ތިވަރުގެ މީހުން ތިފުންޕަނީ ދެނަލަލަލާ
Post a Comment